އެމްޑީޕީއަކީ އެކްސްކުލޫޒިވް ކްލަބަކަށް ހަދަން ބޭނުމެއް ނޫން: ޝައުނާ
2023/01/27 14:07
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަކީ “އެކްސްކްލޫޒިވް ކްލަބަކަށް” ހަދަން ބޭނުންނުވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާ ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ...