ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް އަށް ހުށަހަޅާ ފާސްކުރި ގަރާރަކީ އޭގެ މައްޗަށް އަމަލު ކުރަން ކޮންމެހެން ލާޒިމް ގަރާރެއް ނޫން ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ކުރިއަށްދާ ޖޭޕީގެ ގައުމީ ކޮންފަރެންސުގައި ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރުމާ ގުޅޭ ގަރާރު ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްޅޯއެވެ.
މި ގަރާރަށް ބަހުސް ކުރުމަށް ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ވަގުތު ރިޔާސަތުގައި އިންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްވިއެވެ. އެއަށްފަހު އެ ގަރާރަށް ވޯޓަށް އެހިއެވެ. ގާސިމް ވިދާޅުވީ އެ ގަރާރު ފާސްވީ ގައުމީ ކޮންފަރެންސަށް ވަޑައިގެން ތިބި މަންދޫބުންގެ އިއްތިފާގުން ކަމަށެވެ.
ގަރާރު ފާސްވިކަން އިއުލާން ކުރައްވާ ގާސިމް ވިދާޅުވީ އެ ގަރާރަކީ ކޮންމެހެން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް ގަރާރެއް ނޫން ކަމަށެވެ. ނަމަވެސް އެހާ ގިނަ އަދަދެއްގެ މެންބަރުންގެ ވޯޓުން ގަރާރު ފާސްވުމުން، އެ ގަރާރު ޖޭޕީގެ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެ ގަރާރަށް އަމަލު ކުރުމާއި މެދު ގޮތެއް ނިންމާނީ ގައުމީ ކޮންފަރެންސް އިން އިންތިހާބު ކުރާ އައު ކައުންސިލުންނެވެ.
ގަރާރު ހުށަހަޅުއްވަމުން އަބްޅޯ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޖޭޕީއާ ނުލާ އެއްވެސް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކާއެކު ޖޭޕީން ކޯލިޝަން ހަދަނީ އެ ސަރުކާރެއްގެ ތެރެއިން ޖޭޕީގެ ސިޔާސަތުތައް ވެސް ތަންފީޒު ކުރުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް އެއްބަސްވެ އިގުރާރުވެގެން ކަމަށް ގަރާރުގައިވެއެވެ. އެހެންނަމަވެސް އާރާއި ބާރު ލިބުމުން އެއްބަސްވެ އިގުރާރުވާ ޕަސެންޓޭޖު ސަރުކާރުގެ ތެރެއިން ނުލިބޭ ކަމަށް އެ ގަރާރުގައިވެއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ