މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ކުރުމާއި ގުޅޭ ގޮތުން އެޕާޓީގެ ގައުމީ ކޮންފަރެންސަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.
ދަރުބާރުގޭގައި ކުރިއަށްދާ ޖޭޕީގެ ގައުމީ ކޮންފަރެންސުގައި ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރުމާ ގުޅޭ ގަރާރު ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބްޅޯއެވެ.
މި ގަރާރަށް ބަހުސް ކުރުމަށް ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ވަގުތު ރިޔާސަތުގައި އިންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްވިއެވެ. އެއަށްފަހު އެ ގަރާރަށް ވޯޓަށް އެހިއެވެ. ގާސިމް ވިދާޅުވީ އެ ގަރާރު ފާސްވީ ގައުމީ ކޮންފަރެންސަށް ވަޑައިގެން ތިބި މަންދޫބުންގެ އިއްތިފާގުން ކަމަށެވެ.
ގަރާރު ހުށަހަޅުއްވަމުން އަބްޅޯ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޖޭޕީއާ ނުލާ އެއްވެސް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކާއެކު ޖޭޕީން ކޯލިޝަން ހަދަނީ އެ ސަރުކާރެއްގެ ތެރެއިން ޖޭޕީގެ ސިޔާސަތުތައް ވެސް ތަންފީޒު ކުރުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް އެއްބަސްވެ އިގުރާރުވެގެން ކަމަށް ގަރާރުގައިވެއެވެ. އެހެންނަމަވެސް އާރާއި ބާރު ލިބުމުން އެއްބަސްވެ އިގުރާރުވާ ޕަސެންޓޭޖު ސަރުކާރުގެ ތެރެއިން ނުލިބޭ ކަމަށް އެ ގަރާރުގައިވެއެވެ.
ރިޔާސީ އިންތިހާބުގައި ނިކުތުމާއި މެދު އަދި ޖޭޕީން ގޮތެއް ނުނިންމައެވެ. ރިޔާސީ އިންތިހާބުގައި ނިކުތުމަށް މިހާރު ގޮތް ނިންމާފައި ވަނީ ދެ ޕާޓީއަކުންނެވެ. އެއީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއި އެމްއެންޕީއެވެ. އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިކުންނަވާއިރު އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ނާޒިމެވެ.
އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީ އަދި އެމްޑީއޭ އިން ވަނީ ނިންމައިފައެވެ. ރައީސް ސޯލިހު ވަނީ އެޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީއަށް ވެސް އަރުވައިފައެވެ. ނަމަވެސް ޖޭޕީން އަދި އެކަމާއި ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ