ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ކަމަށް އެމަނިކުފާނާއި ވާދަ ކުރައްވަން އެހެން ބޭފުޅަކު ކުރިމަތި ނުލެއްވީތީ ހިތާމަ ކުރައްވާ ކަމަށް އެޕާޓީގެ ލީޑަރު ކަމަށް ވޯޓަކާއި ނުލާ އިންތިހާބުވެވަޑައިގެންނެވި ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ޖޭޕީގެ ލީޑަރަކަށް ގާސިމް އިންތިހާބުވެވަޑައިގެންފައިވާ ކަމަށް ވަނީ އިއުލާނު ކުރައްވާފައެވެ.
އެ މަގާމަށް އިންތިހާބުވެވަޑައިގަތުމުން ގައުމީ ކޮންފަރެންސްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އަސާސީ ގަވާއިދުގައި އޮންނަ ގޮތުގެ މަތީން ޖޭޕީގެ ލީޑަރަކަށް އޭނާ އިންތިހާބު ކުރެއްވީތީ އެކަން ބަލައިގަންނަ ކަމަށެވެ.
ޒަމާންތަކަކަށް ޖޭޕީ ދެމިގެން ދިއުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ތާއަބަދު ޖޭޕީގެ ލީޑަރުގެ މަގާމުގައި އެމަނިކުފާނު ނުހުންނަވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އަދިވެސް އެއްފަހަރު އަޅުގަނޑު މި މަގާމަށް ތިބޭފުޅުން ހަމަޖައްސައި ދެއްވީތީ އަޅުގަނޑު އުފަލާއެކު ޝުކުރު ދަންނަވަން، ހަމަ މިނޭވާގައި އަޅުގަނޑާ ވާދަކުރަން އެހެން ބޭފުޅަކު ނެތްކަން އެއީ އަޅުގަނޑު ހިތާމަ ކުރާ ކަމެއް ކަމަށް ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމަކީ 2008ވަނަ އަހަރުން ފެށިގެން ވެސް އެޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ