މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އެކަނި ވާދަ ކުރުމަށް އެޕާޓީގެ ގައުމީ ކޮންފަރެންސްގެ ބައެއް ބައިވެރިން ތާއީދުކޮށް ވާހަކަ ދައްކައިފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ މި ކޮންފަރެންސްގައި ބައިވެރިވާ މަންދޫބުންގެ ތެރެއިން ބައެއް މަންދޫބުންނާއި "ހަތާވީސް" އިން ވަކިވަކިން ސުވާލުކޮށް، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެ މަންދޫބުންގެ ރޫހު ހުރި ގޮތް ބަލާފައިވާނެއެވެ. އެއީ ވެރިކަމަށް ވާދަކުރާ ޕާޓީއަކާ ޖޭޕީން ކޯލިޝަން ހެދުމާ ގުޅޭ ގޮތުންނެވެ. މި ނޫހަށް އިންޓަވިއު ދިން ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ބައެއް މަންދޫބުންގެ ހިޔާލު ހުރީ ވެރިކަން ހޯދުމުގެ ހަކަތަ ޖޭޕީގައި ހުރި ކަމަށެވެ.
ކޮންގްރެސްގެ ބައެއް މަންދޫބުން އިންޓަވިއު:
https://twitter.com/hathavees/status/1629468487075909633?s=20
ކޯލިޝަން ހަދަން ޖެހިއްޖެނަމަ، އެކަން ކުރާނީ ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ކަމަށް އެ މަންދޫބުން ދެކެއެވެ.
ކޯލިޝަން ހަދާނަމަ، ހަދާނީ ވެސް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއާއެވެ. ސަބަބަކީ ރައީސް ސާލިހު ކޯލިޝަންގެ އަހުދުގައި ދެމިހުންނަވާތީ ކަމަށް ގައުމީ ކޮންފަރެންސްގެ މަންދޫބުން ބުންޏެވެ.
މި ކޮންފަރެންސްގެ އެޖެންޑާގެ އެންމެ ފަހު ނަންބަރަކަށް އޮތީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާއެވެ. އެއީ ރިޔާސީ އިންތިހާބާއި މެދު ޖޭޕީން ގޮތެއް ނިންމުމާއި މެދު ކޮންފަރެންސަށް ހުށަހަޅާފައިވާ ގަރާރަކަށް ބަހުސް ކުރުމާއި އެ ގަރާރަށް ވޯޓަށް އެހުމެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ