ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ކަމަށް އެހެން ބޭފުޅަކު ވާދަ ނުކުރެއްވުމުން އެޕާޓީގެ ލީޑަރު ކަމަށް އަނެއްކާވެސް ގާސިމް އިބްރާހީމް އިންތިހާބުވެވަޑައިގެންފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ޖޭޕީގެ ލީޑަރަކަށް ގާސިމް އިންތިހާބުވެވަޑައިގެންފައިވާ ކަމަށް ވަނީ އިއުލާނު ކުރައްވާފައެވެ. ގާސިމަކީ 2008ވަނަ އަހަރުން ފެށިގެން ވެސް އެޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
ގާސިމް ވަނީ 2008ވަނަ އަހަރުން ފެށިގެން 2013ވަނަ އަހަރާއި ހަމައަށް ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވާފައެވެ. އެހެންނަމަވެސް އެއިން އެއްވެސް އަހަރަކު ގާސިމަކަށް ކާމިޔާބީއެއް ލިބިވަޑައެއް ނުގަތެވެ. އެކަމަކު މިހާތަނަށް އެކުލަވާލި ހުރިހާ ސަރުކާރެއްގައި ވެސް ގާސިމްގެ ބޮޑު ހިއްސާއެއް އޮތެވެ.
އެގޮތުން 2008ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި 2013ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގެ އިތުރުން މިހާރު ހިނގަމުންދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ގާސިމްގެ ހިއްސާ އޮތެވެ.
ރައީސް ސޯލިހު ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނާއެކު ކުރިޔަށް ދިއުމަށް ގާސިމްގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް ޖޭޕީން އަންނަނީ އެކަމުގައި ގޮތެއް ނިންމާނީ ކައުންސިލުން ކަމަށް ބުނެފައެވެ. އަދި ގާސިމް ވެސް އެކި ފޯރަމްތަކުގައި އެހެން ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ