މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް ފޮނުވި ދައުވަތާއި މެދު ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީ އިން ނިންމައިފިއެވެ.
ރައީސްގެ ސިޓީއާ ގުޅިގެން އަދާލަތުން މިރޭ ވަނީ އެޕާޓީގެ މަޝްވަރާ މަޖިލިސްގެ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ނިންމީ ރައީސް ސޯލިހުގެ ރިޔާސީ ދައުރަކީ އެހެން ދައުރުތަކާއި އަޅާ ބަލާއިރު ފަހި ތަޖުރިބާތަކެއް ކުރެވުނު ދައުރެއް ކަމަށެވެ.
އެހެންކަމުން ރައީސްގެ ސިޓީ އަށް ޖަވާބު ދިނުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރަން ވަނީ ނިންމާފައެވެ.
އަދާލަތުގެ އިތުރުން ރައީސް ވަނީ ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމް އަށްވެސް ސިޓީ ފޮނުވާފައެވެ. މި ޕާޓީތަކަކީ މި ސަރުކާރުގެ މިހާރުވެސް ކޯލިޝަން ޕާޓްނަރުންނެވެ.
މިމަހުގެ 15ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއްގައި މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ސޯލިހަށް ދެއްވުމަށް ވަނީ ފާސް ކޮށްފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން