ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ނެރެފިއެވެ.
އޭނާ މަޖިލީހުގެ ޖަލްސާއިން ނެރުނީ ރިޔާސަތާ ދެކޮޅަށް ތަޅުމުގައި އަޑުގަދަކުރުމުން، ރިޔާސަތުން އެންގި ގޮތަށް އަމަލު ނުކުރި ކަމަށް ބުނެއެވެ. ކެލާ ޝަރީފު މަޖިލީހުގެ ޖަލްސާއިން ނެރުނު ވަގުތު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
ރިޔާސަތާ ދެކޮޅަށް ޝަރީފު އަޑުގަދަ ކުރައްވަން ފެއްޓެވީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވެސް ވަކި ސަބަބެއް ބަޔާންނުކުރައްވައި، ހަސަން އަފީފާ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ހަވާލުކުރެއްވުމުންނެވެ.
"އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން ގަވާއިދު ބުނާ ގޮތުން ރައީސަކަށް [ހަސަން އަފީފު] ތިތާކު ނީންދެވޭނެ، މިގަޑިއަކު. އެއީ ގަވާއިދު އެބަ ބުނޭ، ސަބަބު ބަޔާންކޮށް ރައީސް ނުވަތަ ނައިބު ރައީސް އެންގުމަށްފަހުގައޭ އެހެން ބޭފުޅަކާ [ރިޔާސަތު] ހަވާލު ކުރެވޭނީ. އެހެންވީމަ މިއީ ނިޒާމީ ނުކުތާއެއް،" ކެލާ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
"ނިޒާމީ މައްސަލައެއް ކަމަށް ބަލައެއް ނުގަނެވޭނެ. އަބަދުވެސް މިކަން ކުރަމުން މި އަންނަނީ،" ޝަރީފުގެ ވާހަކައަށް ރައްދު ދެއްވުމުން، ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވިދާޅުވިއެވެ.
ޝަފީރު އަޑުގަދަ ކުރައްވަން ފެއްޓެވުމުން، އޭނާއަށް ތިން ފަހަރު ނަސޭހަތްތެރިވުމަށްފަހު، މަޖިލީހުން ނުކުތުމަށް ރިޔާސަތުން އެންގެވިއެވެ.
ޝަރީފު މަޖިލީހުން ނުކުންނެވުމުން ޖަލްސާ ވަނީ އަލުން ފަށާފައެވެ.
މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބުގެ ނަން ވެސް އިއްވައި، މަޖިލީހުގެ ތަޅުމުން ވަނީ ނެރެފައެވެ.
މެމްބަރެއްގެ ނަން އިއްވައި، މަޖިލީހުން ނެރެފިނަމަ، ދެން އޭނާއަކަށް އެ ދުވަހެއްގެ ޖަކްސާއެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ