މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކާއި މުހިންމު ނިންމުންތައް ކަނޑައަޅާ އެންމެ އިސް ގުނަވަން ކަމަށްވާ އެޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި، އެކަން ރަސްމީކޮށް ހާމަކޮށްފިއެވެ.
މި ނިންމުން ހާމަކުރެއްވީ އެމްޑީޕީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން މުޙައްމަދު ނަޝީދެވެ.
އެޕްޑީޕީގެ އުމީ މަޖިލީހުގެ އިންތިހާބު ކުރިއަށްދާނީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެވުނު 4 ވަނަ އިސްލާޙުގެ ދަށުންނެވެ.
އަލަށް އެކުލަވާލާ ގައުމީ މަޖިލީހުގެ އޮނިގަނޑަށް ނިމިދިޔަ މިމަހުގެ 1އިން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ކޮންގްރެސްއިން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަމަކީ، ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލުމެވެ. އޭގެ ބަދަލުގައި އައު ގައުމީ މަޖިލިސް އެކުލެވިގެންވަނީ ޕާޓީގެ ހުރިހާ ދާއިރާތަކާއި ގޮފިތަކުގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި ލިބޭނޭހެންނެވެ.
އައު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމީ މަޖިލީހުގައި ހިމެނޭނީ ޗެއާޕާސަން އަދި އެ މަގާމުގެ ނައިބުންގެ އިތުރުން އެކި ދާއިރާތަކުން ހޮވާ މަންދޫބުންނެވެ.
މީގެއިތުރުން، އަންހެނުންގެ ރޫހުގެ ރައީސާ އާއި އެ ރޫޙުން އިންތިހާބުވާ 5 މެންބަރުން އަދި ޒުވާނުންގެ ގޮފީގެ ރައީސް އާއި އެ ގޮފިން އިންތިހާބުކުރާ 5 މެންބަރުން ވެސް މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާނެއެވެ.
ޕާޓީގެ ތަފާތު ގުނަވަންތަކުގެ ހިއްސާ އިތުރުކުރުމަށްޓަކައި، ކައުންސިލަރުންގެ އެސެމްބްލީގެ ރައީސާއި 3 ނައިބު ރައީސުންނާއި، ޑަބްލިޔުޑީސީ ވިންގުގެ ރައީސާ އަދި އެ ވިންގުގެ 3 މެންބަރުންނަށް ވެސް ގައުމީ މަޖިލީހުން ޖާގަ ލިބޭނެއެވެ.
ހަމައެއާއެކު، ޕާލިމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންނާއި، އެމްޑީޕީގެ ވެރިކަމެއް އޮންނަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުރުން، ޕާޓީއަށް ނިސްބަތްވާ ވަޒީރުންނާއި މޭޔަރުންނަށް ވެސް ގައުމީ މަޖިލީހުގެ މެންބަރުކަން ލިބިގެންދާނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ