މަގާމުތަކަށް ބަދަލު ގެންނަނީ ހިންގުން ހަރުދަނާ ކުރުމަށް: ހީނާ
2024/05/23 13:38
ސިޔާސީ މަގާމުތަކަށާއި ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލު ގެންނަނީ ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުރައްވާ ކަމެއް...