ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ލަގެޖު އުފުލާ ވެހިކަލެއް ދުއްވި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އުމުރުން 45 އަހަރުގެ އަސްލަމް އާދަމެވެ.
އޭނާ ނިޔާވެފައި ވަނީ އެއާޕޯޓުގެ އޭޕްރަން އޭރިއާގެ ލައިޓުތަކާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓަކްޗަރއެއްގެ ބުޑުގައި އޭނާ ދުއްވި ވެހިކަލް ޖެހިގެން ކަމަށް ބެލެވެއެވެ. ނަމަވެސް ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގުމާ ގުޅިގެން އޭނާ އެއާޕޯޓް ކްލިނިކަށް އޭނާ ގެންގޮސް، އަދި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 9:28ގައި ފުލުހުން ރިޕޯޓް ލިބިފައިވާ ކަމަށެވެ.
"ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
ފުލުހުން ބުނީ އޭނާ ދުއްވި ވެހިކަލް ސްޓްރަކްޗަރގައި ޖެހިފައި ވަނީ އޭނާއަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ކަަމށް ބެލެވޭ ކަމަށެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން