މެދުއިރުމަތީގައި ފެށިގެން ކުރިޔަށްދާ ހަނގުރާމައިގެ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށާއި އެހެންކަމުން މި ދަނޑިވަޅުގައި ދައުލަތުން ކުރާ އިސްރާފުތައް ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ސިޔާދަތަށް އަރައިގަނެ، އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިއީ މުޅި މެދުއިރުމަތި ސުންނާފަތިކޮށް، އިސްރާއީލް ވަރުގަދަ ކުރުމަށް ހިންގާ ދަހިވެތި އިސްތިއުމާރީ ރޭވުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
"ދުނިޔޭގެ ކޮންމެ ތަނެއްގައި ހަމަނުޖެހުމެއް އޮތަސް އޭގެ ނުރައްކާ މުޅި ދުނިޔެއަށް ކުރާނެ. ހާއްސަކޮށް ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމުތަކަށް މީގެ އިގްތިސޯދީ ލޮޅުންތައް ބޮޑުވާނެ. މިފަދަ ނާޒުކު ވަގުތެއްގައި ދައުލަތުންކުރާ އިސްރާފު ހަރަދުތައް ހުއްޓާލާ ރައްޔިތުންގެ މުދަލާ ފައިސާ ރަގަޅުގޮތުގައި ހޭދަކުރުން ވަރަށް މުހިއްމު،" އާޒިމް ވިދާޅުވިއެވެ.
މެދުއިރުމަތީގައި މިއަދު ފެށުނު ހަނގުރާމައާ ގުޅިގެން ދިވެހިންނަށް ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވަޒީރުންގެ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފައެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި އީރާނަށް ދެމުންދާ މި ހަމަލާތަކަކީ، އީރާނުގެ ނިއުކްލިއާ ވަސީލަތްތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ