ތެލެސީމިއާ ބައްޔަށް ހާއްސަ ކޮށްގެން އިމާރާތް ކުރުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ތެލެސީމިއާ މާސްޓާ ޕްލޭން އިފުތިތާހު ކުރުމަށް ރޭ ކްރޮސްރޯޑްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ އެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކުރީ މެޑޯ އޭޝިއާ ކުންފުންޏާއި ޗިން ހިން ގްރޫޕް ބަރްހާދްއާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ތެލެސީމިއާ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާދިފަހުން ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި ނާޒިމެވެ. މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކްއެވެ.
އެ މަޝްރޫއު އަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާފައި ވަނީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން އިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓާ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ. އޭގެތެރޭގައި ހިދުމަތުގެ ފެންވަރު މަތިކުރުމާ ދެވޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުމާއި، ޒަމާނާއި އެއްގޮތަށް ހިދުމަތް ބައްޓަންކޮށް، ދެވޭ ހިދުމަތުގެ ފެންވަރާ، ފަންވަރު ހިފެހެއްޓުމާއި، އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމާއި، ހިއުމަން ކެޕިޓަލް ޑިވެލޮޕްމެންޓް ހަރުދަނާކޮށް ވަރުގަދަކުރުމުގެ އިތުރުން ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ އައު އީޖާދުތައް ތައާރަފްކޮށް ހިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ