ރާއްޖެ އަށް އެތެރެކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ އެތަކެތި އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ މިމަހުގެ 15ވަނަ ދުވަހު ކަމަށެވެ. އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ އިދާރާ އިން މައުލޫމާތު ދޭ ގޮތުގައި ރާއްޖެ އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތީގެ ބަރުދަނުގައި 2.05 ކިލޯ ހުއްޓެވެ. ނަމަވެސް އެތަކެތީގެ މަގުމަތީ އަގެއް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.
ދާދިފަހަކުން ކަސްޓަމްސް އިން ވަނީ "ވޭޕް އޮއިލް"ގެ ނަމުގައި އޮޅުވާލައިގެން ރާއްޖެ އަށް އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްގެ ޝިޕްމަންޓެއް ވެސް އަތުލައިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ