ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާއި ދެމެދުގެ ޒުވާނުން ވޭޕް ބޭނުން ކުރާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
އެ ޖަމިއްޔާގެ ސައުތު އީސްޓް އޭޝިއާ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ 2019ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭގައި ހުރި ތަފާސް ހިސާބުތައް ހިއްސާ ކޮށްފައެވެ.
އެގޮތުން އެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން ވޭޕް ބޭނުން ކުރާ ކަމަށް ބުނެފައިވެއެވެ.
ރާއްޖޭގައި ވޭޕް އެތެރެކޮށް ވިއްކަމުން އަންނައިރު އެއަށް މަސްތުވާތަކެތި އަޅައިގެން ވެސް އަންނަނީ ވިއްކަމުންނެވެ. އެގޮތުން "ވޭޕް އޮއިލް"ގެ ނަމުގައި ރާއްޖޭގައި ވިއްކަން ހުންނަ ބައެއް ތަކެއްޗަކީ އޭގައި މަސްތުވާތަކެތި ހިމެނޭ ތަކެތި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 14ވަނަ ދުވަހު ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. މިނިސްޓަރު އިހުސާން އިއްޔެ ވިދާޅުވީ ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރުމަށް ރައީސް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ "ވޭޕް އޮއިލް"ގެ ނަމުގައި މަސްތުވާތަކެތި ވިއްކަމުން ދާތީ ކަމަށެވެ.
ރާއްޖޭގައި ވޭޕް ކުރުން މަނާ ކުރުމަށް ރައީސް ނިންމަވާފައި ވާތީ ޑަބްލިއުއެޗްއޯ އިން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ. ހާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕް ކުރުން އިތުރުވާއިރު އެކަން ހުއްޓުވުމަށް ވޭޕް ބޭނުން ކުރުން މަނާ ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ވަނީ ދެކިފައެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި