ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމްގެ ސެނެޓު ބައްދަލުވުމެއް ދުވަސްތަކަކަށްފަހު މިއަދު ބާއްވައިފިއެވެ.
ޕީޕީއެމް އުވާލަން ނިންމާފައިވާ ކަމަށް ބުނެ އަޑުތައް ފެތުރިފައި ވަނިކޮށް އެޕާޓީގެ ސެނެޓު ބައްދަލުވުމެއް މިއަދު ބާއްވާފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އޮފީހުގައެވެ.
ޕީޕީއެމް ސެނެޓުގެ ބައްދަލުވުމުގައި އެޕާޓީގެ ނާއިބު ރައީސް ކަމުގެ މަގާމަށް ފޮރިން މިނިސްޓަރު ހަލީލް ވަނީ ހަމަޖައްސައިފައެވެ. އަދި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިބްރާހީމް އަބްދުލް ރައްޒާގު ހަލީމް ވަނީ ހަމަޖައްސައިފައެވެ.
ޕީޕީއެމް އިން ބުނީ އެ ދެބޭފުޅުން އެ މަގާމުތަކަށް ހަމަޖެއްސީ ސެނެޓުގެ އިއްތިފާގުން ކަމަށެވެ.
ޕީޕީއެމް އުވާލުމާއި ގުޅޭ މަޝްވަރާތައް ކުރިޔަށް ދިޔަތޯ ނޫސްވެރިޔަކު ޕީޕީއެމްގެ މީޑިއާ ގްރޫޕުގައި ސުވާލު ކުރުމުން އެފަދަ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް އެޕާޓީން ބުންޏެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
ކޮންމެހެން އުވާލާނރ ބޭނުމެއްވެސް ނެތެވެ. އެހެނީ ތިކިޔާ ސެނެޓްގެ 90% އަށް ވަނީ މުއިއްޒު ޕނސ ގެ ރައީސް ސަރުކާރުގެ ވަޒީފާތައް ޖަހާފައެވެ. ކިރިޔާ ކިއްސަރު ހިތަކަށް ފައި އެޅިޔަސް ވަޒީފާއިން ވަކި ކޮށްފާނެއެވެ. އެހެންވެއްޖެނަމަ ދިރިއުޅޭ އެޕާޓްމެންޓްގެ ކުލި ނުދައްކާ އަދި ކާނެފަދަ ނެތި ދިޔައީއެވެ. އަތުން ފައިން މަސައްކަތް ކޮށްގެން ކައިބޯ އުޅޭ މީހުނެއް ނޫނެވެ. ވެރިމީހާއަށް ވައިޖަހައިގެން ގައިމޮޑެދީގެން ތިބި ބައެކެވެ.
ހަސަން މަހިރުމިއީ ކުޅޭ ކުޅިގަނޑެއްތޯއެވެ. ޚަލީލުއާއި ހަލީމުގެ މެންބަރޝިޕް އޮތީ ކޮންޕާޓީއަކުތޯއެވެ.
އާދަމް