އީރާނަށް އެމެރިކާ އަދި އިޒްރޭލު ގުޅިގެން ހަމަލާތައް ދޭން ފެށި ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެމެރިކާގެ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ޖައްސާފައިވާ ކަމަށް ބުނެ ދެކެވެމުން ދިޔަ ވާހަކަތަކުގެ ހަގީގަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ވީއައިއޭ އަށް ޖައްސާފައިވާ މަތިންދާ ބޯޓު ކަމަށް ބުނާ ބޯޓުގެ ފޮޓޯވެސް ދައުރު ކުރަމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ހަތާވީސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ވާހަކަތައް ދެކެވެން ފެށުމުން އެކަމުގެ ހަގީގަތް ހުދު އެމަނިކުފާނު ވެސް ބައްލަވާފައިވާ ކަމަށެވެ.
ރައީސް ވިިދާޅުވީ އެކަމާއި ގުޅޭ މައުލޫމާތު ވަގުތުން ހޯދާފައިވާނެ ކަމަށާއި އެއީ އެމެރިކާގެ ސިވިލިއަން ބޯޓެއް ކަމަށެވެ.
"އެއީކީ ހަނގުރާމަ މަތީ މަތިންދާ ބޯޓެއް ނޫން. އަޅުގަނޑަށްވެސް މައުލޫމާތު ލިބިގެން ހޯދިއިރުގަ އެއީ އެމީހުންގެ ސިވިލިއަން އެއާކްރާފްޓެއް. ހުއްދަވެސް އޮތީ މާކުރިން ނަގާފަ،" ރައީސް ވިދާޅުވިއެވެ.
އެ ބޯޓު ވީއައިއޭގައި ޖެއްސުމުގެ ހުއްދަ މިދިޔަ ޖެނުއަރީ 17 ވަނަ ދުވަހު ނަގާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެބޯޓު އެރޭ ފުރައިގެން ދިޔައީ ސީޝެލްގައި ޖައްސާފައި ތައިލެންޑަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި