ޖަލަށް މަނާތަކެތި ވައްދައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމުގެ ތުހުމަތުގައި ބަންދު ކޮށްފައިވާ ކަރެކްޝަންސްގެ ޖަލު އޮފިސަރުންތައް ބަންދުން ދޫކޮށްލަން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކި ފަހަރު މަތިން ހޯދި މައްސަލާގައި ކަރެކްޝަންސްގެ 18 އަށް ވުރެ ގިނަ އޮފިސަރުން މިދިޔަ ޖޫން މަހު ހައްޔަރުކުރި ނަމަވެސް ދައުލަތުން ދައުވާކުރަނީ ފަސް މީހެއްގެ މައްޗަށެވެ.
އެއީ ރ. އުނގޫފާރު އައިވަރީހައުސް ޖިނާހް އަބްދުއްރަހީމާއި މ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ. މީގެ ތެރެއިން ފަތޫހު ފިޔަވައި ދެން ތިބި އެންމެން ތިބީ ބަންދުގަ އެވެ.
އެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ދައުވާއެވެ.
ޖިނާހާއި އަސްފާގާއި ޝަހީމާއި ނާޒިމް ބަންދުން ދޫކުރަން އެ މީހުންގެ ވަކީލުން އެދުމުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުަގައި ދައުލަތުން އެދުނީ ޝަރުތުތަކާ އެކު އެ މީހުން ބަންދުން ދޫކޮށްލުމަށެވެ.
މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެ ދައުލަތުން އެދިގެން ބަންދުކުރި ބަޔަކު ދޫކޮށްލަން އެއްބަސްވަނީ ކީއްވެގެންތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެ މީހުންގެ ފަރާތުން އޮތް ނުރައްކާ ކުޑަ ކަމަށެވެ.
އެ މީހުން ބަންދު ދޫކުރުމާ މެދު ނިންމާ ނިންމުން ފަހުން އިއުލާން ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި