ތިލަމާލެ ބްރިޖާ އެކު، މާލެ އާއި ވިލިމާލެ އަދި ގުޅިފަޅުގައި އެއް ކަރަންޓު ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯ އާއި ޗައިނާގެ، ޓީބީއީއޭ ގްރޫޕާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ގުޅިފަޅު ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑަށް ބޭނުންވާ ވަރުގެ ނެޓްވޯކެއް ގާއިމު ކުރެވޭނެ ކަމަށާއި އަދި އެ ސަރަހައްދުގެ ކަރަންޓު މެނޭޖުކުރުމަށް 150 މެގަވޮޓުގެ ޑުއެލް-ފިއުލް ޕަވަ ޕްލާންޓެއް ހަދާނެ ކަމަށެވެ. ސްޓެލްކޯގެ އާ ޕަވަ ޕްލާންޓް ހަދާނީ ތިލަފުށީގައެވެ.
ޑުއެލް-ފިއުލް ޕްލާންޓް މެދުވެރިކޮށް ތެލާއި ގެސް ބޭނުންކޮށްގެން އިންޖީނު ހިންގޭނެއެވެ.
"މި އެއްބަސްވުމަކީ ދެމެހެއްޓެނިވި ކުރިއެރުމެއްގެ ތަސައްވުރާ އެއްގޮތްވާ ސްޓެލްކޯއިންވާ އެއްބަސްވުމެއް. އާ ހައްލުތަކެއް ހޯދައިގެން ހަކަތައަށް ކުރާ ޑިމާންޑް އިތުރުމަށް މުސްތަގުބަލުގައި މަސައްކަތްކުރެވޭނެ،" ފަހުމީ ވިދާޅުވެފައިވެއެވެ.
ޗައިނާގެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަންނަ އަހަރު ޕްރޮޖެކްޓުގެ މަސައްކަތް ފަށާނެއެވެ.
ފަހުމީ ވަނީ އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރެވުނީތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
"ރައީސަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެމަނިކުފާނުގެ ދުރުވިސްނުމާއި، އެއްބާރުލުމަށް ޝުކުރު އަދާކުރަން. އިތުބާރު ހިފޭ، ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވެދިނުމަކީ ސްޓެލްކޯއަށް ލިބޭ ޝަރަފެއް،" ފަހުމީ ވިދާޅުވިއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން