ކޮމެޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް، އިދިކޮޅުގެ އިސްލާހުތައް ފާހެއް ނުވި
2023/07/10 12:07
ރައްޔިތުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި އިސްލާހުތައް ބޭރު ކޮށްލުމަށްފަހު އެމްޑީޕީ އަށް ކޮމެޓީތަކުގެ މެޖޯރިޓީ ލިބޭނެ ގޮތަށް ކޮމެޓީތައް އެކުލަވާލައިފިއެވެ.
މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން 13 މެންބަރަކު...