ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެއްވެސް މިނިވަން މުއައްސަސާ އަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހއ. ކެލާ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ މިނިވަން މުއައްސަސާއަކުން ވެސް ކަންކަން ނިންމަމުން ދަނީ ގާނޫނުން އެ މުއައްސަސާ އަކަށް ދީފައިވާ ބާރާއި އިހްތިޔާރުގެ ބޭނުން ހިފައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
“ބައެއް ފަހަރު ބައެއް ބޭފުޅުން އަޅުގަނޑަށް ގުޅާލާފައި އެބަ ވިދާޅުވޭ ރައީސް މިވެނި ތަނަކަށް ގުޅާލާފައި ބުނީމާ ހުއްދަ ދޭނެއޭ. އޭސީސީގައި އޮންނަ މައްސަލައެއް ނިންމަން އަޅުގަނޑު ކިހިނެއްތޯ ގުޅާފައި ބުނާނީ. އެއީ އަަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫން،” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭސީސީ ވިޔަސް އަދި އެހެން މުއައްސަސާއަކުން ވިޔަސް ކަން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވިސްނުމެއް ނެތި ވޯޓު އަޅައިފި ނަމަ، ކުރިން ދިވެހިން ދެކެފައިވާ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށ ވެއްޓިގެން ހިނގައި ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ