ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަން ތިބި ބޭފުޅުން ހައްޔަރުކޮށްފިއެވެ.
ގްރީން ޒޯން ނުވަތަ އިހުތިޖާޖު ކުރުމާއި މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ މައިދާނުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.
ޕީޕީއެމް އިން ބުނީ އެއީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި މަޑުޖައްސަލާފައި އޮތުމުން ކުރާ އިހުތިޖާޖެއް ކަމަށެވެ.
އެޕާޓީން ބުނީ ލީޑާޝިޕުގެ ބޭފުޅުންގެ އިތުރުން ވެސް ބައެއް އެހެން ބޭފުޅުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެބޭފުޅުން ހައްޔަރުކުރީ އެސްއޯ ފުލުހުން އެ ސަރަހައްދަށް އައިސްފައެވެ.
”ތިޔަ ހައްދަވަނީ ގޯހެއް. ތިޔަ ހައްދަވަނީ ގޯހެއް. އަޅުގަނޑުމެން ހައްޔަރުކޮށްގެން ތިޔަ ބޭފުޅުން ތިޔަ ހައްދަވަނީ ގޯހެއް.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ