ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އަދި ކުޅިވަރު ކުޅެވޭ ގޮތަށް ތަފާތު ޑިޒައިނަކަށް މި ސަރުކާރުން އިމާރާތް ކުރަން ފެށި ފުރަތަމަ ޒުވާނުންގެ މަރުކަޒު ހއ. އިހަވަންދޫގައި މިރޭ ހުޅުވައިފިއެވެ.
ހއ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެން، އެމަނިކުފާނު މިރޭ ވަނީ އެ ރަށުގައި އެ މަރުކަޒު ހުޅުވައި ދެއްވާފައެވެ.
"ކޮމިއުނިޓީ ސެންޓަރ" ނަމުގައި އެތަން ހުޅުވައި ދެއްވުމަށްފަހު، ރައީސް ވަނީ އެތަނުގައި ބައެއް ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ޓޭބަލް ޓެނިސް ކުޅުއްވިއެވެ.
އެތަނުގައި ބިލިއާޑް، ރާޒުވާ، ކެރަމް، ޑާޓް އަދި މީޓިންތައް ބޭއްވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެތަނުގެ ތެރޭގައި އިސްރަށްވެހިންގެ ކްލަބަށް ހާއްސަ ތަނެއް ހަމަޖައްސާފައިވެއެވެ. އެތަނުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މިކަހަލަ 31 މަރުކަޒެއް ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަރުކަޒުތަކުގައި އެ ރަށެއްގެ ޖަމިއްޔާ ޖަމައާތްތަކުގެ ހަރަކާތްތައް ހިންގޭނެ އިންޒާމު ހަމަޖައްސަވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ