ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕިއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެސީ ފޯމް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެނޑިޑޭސީ ފޯމް ބަލައިގަންނާނީ މާދަމާ ހެނދުނު ނުވަޔަކުން ފެށިގެންނެވެ. ޔާމިންގެ ކެނޑިޑެސީ ހުށަހެޅުމާއި ގުޅޭ ގޮތުން ސުވާލުކޮށްލުމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޔާމީންގެ ކެނޑިޑެސީ ފޯމް ހުށަހެޅުމަށް ކުރަން ޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އަދި ހުށަހަޅާނެ ވަކި ދުވަހެއް މީޑިއާތަކަށް އަންގާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ވ. އާރަށުގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މައްސަލަ އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅައިފައިވީ ނަމަވެސް ފަނޑިޔާރުން ޗުއްޓީ ނެންގެވުމާ ގުޅިގެން މައްސަލަ އޮތީ ހުއްޓިފައެވެ.
އޭގެ އިތުރުން ދަށު ކޯޓުގައި، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލަ ވެސް އެބައޮތެވެ. މިކަން މިހެން އޮތުމުން އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ޝަރުތު ކަމަށްވާ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވުން." ޔާމިންގެ ކިބައިން އުނިވެއެވެ.
އެކަމަކު ޕީޕިއެމުން ތަކުރާރުކޮށް ބުނަނީ އެ ޕާޓީގެ ކެނޑިޑޭޓަކީ ޔާމިން ކަމަށެވެ. އެމަނިކުފާނުގެ މައްސަލަ ނިމެންދެން އިންތިހާބު ލަސްކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
		
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ