ހުޅުމާލޭގެ ދެވަނަ ފޭސްއިން އެމްޑީޕީއަށް ދިން ބޮޑު ތަރުހީބުން ސިއްސައިގެން ގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ދެވަނަ ފޭސްގައި އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދެވަނަ ފޭސްއިން އެފަދަ ބޮޑު ތަރުހީބެއް އެމްޑީޕީއަށް ލިބިދާނެ ކަމަށް ހީ ނުކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކުރިން އެމްޑީޕީގެ ކެމްޕެއިންތަކުގައި މާ ބޮޑު މަސައްކަތެއް ދެވަނަ ފިޔަވަހީގައި ކުރެވިފައި ނެތުމެވެ.
https://twitter.com/hathavees/status/1682785684749418496?s=20
"އަޅުގަނޑު މިތަނަށް އައިސް ހުއްޓިލީމަ އަޅުގަނޑު ދިޔައީ ސިއްސައިގެން. ހިތަކަށް ނާރާ ހުޅުމާލޭގެ ފޭސް ދޭއްގައި އަޅުގަނޑުމެން ޖަގަހައެއް ހުޅުވާލަން އައިސްގެން އެފަދަ މަރުހަބާއެއް ތި ބޭފުޅުން އެއްވެސް އެމްޑީޕީގެ މީހަކަށް ވިދާޅުވެދާނެ ކަމަކަށް." މާރިޔާ ވިދާޅުވި އެވެ.

[caption id="attachment_55517" align="alignnone" width="1280"] ހުޅުމާލެ "ފޭސް 2" ޖަގަހަ ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ހަތާވީސް[/caption]
މާރިޔާ ވިދާޅުވީ ދެވަނަ ފޭސްގައި އެމްޑީޕީގެ ހަރަކާތްތައް ފުޅާކުރަން ކުރި މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު މާލެއިން ރައްޔިތުންނަށް ބިން ދޭން ނިންމުން ރައްޔިތުންނަށް ލިބޭ ފަސޭހަތައް ފެނިގެންދެ އެވެ. އޭގެ ސަބަބުން މާލޭގެ ކުލިތައް ދަށަށް ދާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ސަރުކާރުން ކަންކަން ފަހިކޮށް ދެނީ އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.