އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވައި، ހއ. ދިއްދޫގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވައިފިއެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ދިއްދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް ބަދަލުތައް ގެނައުމަށް ފެށި މަސައްކަތުގެ ކުރީ ސަފުގައި ދިއްދޫގައި އިސް ބޭފުޅުން ހަރަކާތްތެރިވި ރަށެއް ކަމަށެވެ. ރައީސް ވިދާޅުވީ އިސްލާހީ މަސައްކަތުގެ ވިންދުގެ ދިއްދޫ ޒުވާނުންގެ ލޭގައި އެބަހުރި ކަމަށެވެ.

މިރޭގެ ޖަލްސާ ނިންމަވާލައްވަމުން، ރައީސް ވިދާޅުވީ ދިއްދޫގައި އޮންނާނީ އެމްޑީޕީ ކަމަށެވެ.

”އަޅުގަނޑަށް ސާފު ދިއްދޫގެ ރައްޔިތުން ނިންމާނެ ގޮތް. އަޅުގަނޑަށް އެނގޭ ރޫޅައެއް ނުލެވޭނެކަން. ދިއްދޫގައި އޮންނާނީ އެމްޑީޕީ އިނގޭތޯ،” ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އިސް ހުންވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހަރަކާތްތައް ދިއްދޫގައި ފުޅާކުރަމުންދާ ދަނޑިވަޅެއްގައެވެ. ހއ. އަތޮޅުގައި ޑިމޮކްރެޓްސްގެ ހަރަކާތް އެންމެ ވަރުގަދައީ ދިއްދޫގައެވެ. އެ ރަށު ކައުންސިލާއި ހއ. އަތޮޅު ކައުންސިލްގައި ވެސް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބަވައެވެ.

(ތަފްސީލު އަންނަނީ…)