ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ހއ. ދިއްދޫ އަށް ޕިކްނިކް އައިލެންޑަކާއި އެއާޕޯޓެއް އަޅާނެ ކަމުގެ ވައުދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެވަޑައިގެންފިއެވެ.
ރިޔާސީ ކެމްޕެއިނަށް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ދިއްދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވަނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރަށްރަށަށް ވަޑައިގަތުމުން އިވިގެން ދިޔަ ޝަކުވާތަކުގެ އަޑު މިއަދު އިވިގެން ނުދާ ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު އިވެވެމުން ދަނީ އެއާޕޯޓާއި ޕިކްނިކް އައިލެންޑު ފަދަ ތަންތަން ބޭނުންވާ ކަމުގެ އަޑުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިއްދޫ ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑު ވެސް ބިން ހިއްކާ ނިމޭއިރު އެރަށުގެ ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ.
[caption id="attachment_55429" align="alignnone" width="1620"] ހއ. ދިއްދޫގައި ބޭއްވި ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ | އެމްޑީޕީ[/caption]
"މިރަށުގައި އެއާޕޯޓެއް ވެސް އެޅިގެން ދާނެ. ދިއްދޫ ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑް ވެސް ބިން ހިއްކިގެން ދާއިރު ކައިރިން ފެނިގެން ދާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ މި ޖަލްސާގައި މީގެކުރިން އެމަނިކުފާނަށް ރައްޔިތުންގެ ފަރާތުން އިވުނު ޝަކުވާތައް މިއަދު ނީވެނީ އެ މަސައްކަތްތައް ރަށްރަށުގައި ކުރަމުން ގެންދާތީ ކަމަށް ވިދާޅުވެފައެވެ.
"ރައްޔިތުން މިއަދު ގަބޫލުކުރޭ އަޅުގަނޑުމެން ވީ ވައުދު ފުއްދަމުން ގެންދާކަން،" ރައީސް ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ