ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ އިސްވެރިންނާއި އަދާލަތު ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުން ހއ. އަތޮޅުގައި ކުރަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވުން އޮންނާނެއެވެ. އަދި ކެމްޕެއިން ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ކެމްޕެއިން ޖަލްސާތައް ވެސް މި ދަތުރުފުޅުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކެމްޕެއިން ދަތުރުފުޅު ފެއްޓެވިއިރު ރައީސް އެންމެ ފަހުން ވަޑައިގެންފައި ވަނީ މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަށެވެ.
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި