ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޖަގަހަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފިއެވެ.
ހޯރަފުށި ޖަގަހަ ހުޅުވައި ދެއްވީ ރިޔާސީ ކެމްޕެއިނަށް މިއަދު ހޯރަފުއްޓަށް ރައީސް ސޯލިހް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެމްޑީއޭ އިން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް ނިންމައިފައެވެ. އަދި އެމްޑީއޭގެ އިސް ބޭފުޅުން އަންނަނީ ރަށްރަށަށް ރައީސް ސޯލިހް ކުރައްވާ ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އެމްޑީއޭއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމީ ދިވެހި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށްޓަކައި ކަމަށް އެޕާޓީން ބުނެއެވެ.
ދާދިފަހުން ވ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި ރައީސް ސޯލިހް ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީއޭގެ ތާއީދު އޮތީ އެމްޑީޕީ އަށް ކަމަށް ވިދާޅުވެފައެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ