އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާއަކުން ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓް މުހައްމަދު ޝާމިންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ބަންދުގައި ބަހައްޓައިގެން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުން އެދުމުން، ޝާމިންގެ ބަންދަށް 10 ދުވަސް އިތުރުކޮށްދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމެވެ.
ޝާމިން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މުޒާހަރާއަކާ ގުޅިގެންނެވެ. އެ މުޒާހަރާގައި ފުލުހުން ޖަހާފައިވާ ބެރިކޭޑުތައް ދުރަށް ޖެއްސި ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. ނަމަވެސް، ބެރިކޭޑުތައް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަކަށް ޝާމިން ވަދެފައެއް ނުވެއެވެ. އޭނާ މަޑުކޮށްގެން ހުރީ ފުލުހުންގެ ސަފުގެ ކުރިމަތީގައި ކަމަށާއި އެ ސަފު ފޫއަޅުވާލައި އެތެރެއަށް ވަދެފައި ނުވާކަން ފާހަގަކުރެވެއެވެ.
މާލޭގައި މި މުޒާހަރާތައް ކުރަން ފަށާފައިވަނީ ސަރުކާރު ކުންފުނިތަކުން މީހުން ވަކިކުރަމުންދާތީ އާއި، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމާ ދެކޮޅަށާއި، ރަށްރަށުގެ ބާރު މާލެއަށް ޖަމާކުރުމާ ދެކޮޅަށެވެ. އެމްޑީޕީގެ އާންމު މެމްބަރުން އިސްނަގައިގެން ކުރިއަށްގެންދާ މި މުޒާހަރާތަކަށް އިތުރު ބާރެއް ލިބިގެންދިޔައީ، ސިލްސިލާ ސީދާ ހަރަކާތްތައް ފެށުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ހޯމަ ދުވަހު ފާސްކުރުމާ ގުޅިގެންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން