ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމޭއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލު އަންނާނެ: ރައީސް
2023/02/09 22:25
ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ޝަރުއީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާގެ "ގަޟާއީ އަހަރު 2023" އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ...