"ގެދޮރުވެރިކުރުން ޕްރޮގްރާމް" ގެ ދަށުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަމަށް ކުލި ނުދެއްކިވާ ފަރާތްތަކުގެ ކުލި ރީޝެޑިއުލް ކޮށްދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ "ގެދޮރުވެރިކުރުން ޕްރޮގްރާމް" ގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއި ހުރެ ބޯހިޔާވަހި ކަމަށް ދައްކަންޖެހޭ މަހު ކުލި ނުދެއްކި ހުރި ފަރާތްތަކުން އައުޓްސްޓޭންޑިން އާއިއެކު ކުލީގެ ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން "ގެދޮރުވެރިކުރުން ޕްރޮގްރާމްގެ" ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކުން ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ އައުޓްސްޓޭޑިން އާއިއެކު ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 28ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ މިނިސްޓްރީ އަށް ސިޓީއަކުން ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
"ގެދޮރުވެރިކުރުން ޕްރޮގްރާމް"ގެ ދަށުން ހުޅުމާލޭގައި 704 ފްލެޓު ވަނީ އިމާރާތް ކޮށްފައެވެ. އެ ފްލެޓުތައް އިމާރާތް ކޮށްފައި ވަނީ ޗައިނާ ސަރުކާރުގެ އެހީއާއެކުގައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން