މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހުން ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ރ. މީދޫއަށް ނިސްބަތްވާ އަނަސްއަށް ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު ހަމަލާދީ މަރާލި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.
މީގެ އިތުރުން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާކުރީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު ނިންމުމުން އެ މީހުން ވަނީ ދޫވެފައެވެ.
އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު ހައި ކޯޓުގައި އެދުނީ އެ މައްސަލަ ނިމެންދެން އެ މީހުން ބަންދު ކުރުމަށެވެ. ނަމަވެސް ހައިކޯޓުން އެގޮތަކަށް ނިންމައެއް ނުދިނެވެ.
އެހެންކަމުން ސުޕްރީމް ކޯޓަށް އެ މައްސަލަ ޕީޖީގެ ފަރާތުން ހުށަހެޅިއެވެ. ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާހުރި ބަޔަކަށްވެ، އަނަސްގެ މަރުގެ މައްސަލަ ސާބިތު ކުރެވޭ ވަރަށް އެމީހުންގެ މައްޗަށް ހެކިވެސް ހުރުމާއެކު އެމީހުން ބަންދު ކުރުމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ