ދަތުރުދިއުމަށް ހާއްސަކޮށްގެން ސަރުކާރުން ތަރައްގީ ކުރި "ކުޑަގިރި ޕިކްނިކް އައިލެންޑް"އަށް އަންނަ ހޮނިހިރު ދަތުރުދިއުމަށް 300 މީހުންނަށް މިއަދު ހަވީރު ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
އަންނަ ހޮނިހިރު ދުވަހު ކުޑަގިރި ރަސްމީކޮށް ހުޅުވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
މާލެއިން ފުރައިގެން، ލޯންޗެއްގައި 15 މިނެޓުން ދެވޭ ކުޑަގިރިއަކީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުގޮސް، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކާ ސަރުކާރުން ތަރައްގީ ކުރި ރަށެކެވެ.
ކުޑަގިރީގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެޗްޑީސީގެ މާކެޓިންގ އެންޑް ޕީއާރްް ޑިރެކްޓަރ ނިއުޝާދު ޝަރީފު މިއަދު ވިދާޅުވީ ކުޑަގިރި އެޕްލިކޭޝަން އާއި ވެބްސައިޓު މެދުވެރިކޮށް ދަތުރުދިއުމަށް ބުކިން ހެދޭނެ ކަމަށެވެ. ބުކިން ހެދުމަށް ހުޅުވާލާނީ މިއަދު ހަވީރު 4:00ގައި ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
"ހޮނިހިރު ދުވަހު މި ހުޅުވާލަނީ 300 ބޭފުޅުންނަށް. ދެން އިނީޝަލް ރަންގައި 500 ނޫނީ 600 މީހުންނަށް. އެކަމަކު އަސްލު ކުޑަގިރީގައި 1200 ވަރު، އަޅުގަނޑުމެންނަށް އެކަމަޑޭޓް ކުރެވޭނެ. ނަމަވެސް މިކަހަލަ ކަމެއް ކުރާއިރުގައި އަޅުގަނޑުމެން ބޭނުން އެންމެންގެ ރައްކާތެރިކަމާއި އެންމެންގެ ހިތްހަމަޖެހުން ޔަގީންކުރަން. އެހެންވީމަ އަޅުގަނޑުމެން މިދަނީ އެކި ފޭސްތަކަށް ބަހާލައިގެން. އިތުރުކުރަމުން ދާނަން،" ހަތާވީހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިއުޝާދު ވިދާޅުވިއެވެ.
[caption id="attachment_47510" align="alignnone" width="2159"] ކުޑަގިރި ޗާޓު: މި ރަށަކީ ރައީސްގެ ރިޔާސީ ވައުދެއް[/caption]
ބުކިން ހެއްދުމަށް އެޕްލިކޭޝަން/ވެބްސައިޓު ލިންކަށް ފިއްތާލާ:
ވެބްސައިޓް: https://kudagiri.mv/
އައިފޯން އެޕް: “ކުޑަގިރި ޕިކްނިކް އައިލެންޑް”
އެންޑްރޮއިޑް އެޕް: “ކުޑަގިރި ޕިކްނިކް އައިލެންޑް”
https://twitter.com/hathavees/status/1623595079905714177?s=20&t=-WqEgAr9VzX2T3NTrNcU9g
ނިއުޝާދު ވިދާޅުވީ ކޮންމެ މީހަކު ބުކިން ހަދާއިރު، އެއްފަހަރާ އިތުރު ކުރެވޭނީ ހަތް މީހުން ކަމަށެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުންގެ ގްރޫޕެއް ދަތުރުދާނަމަ، އަނެއްކާވެސް އިތުރު ބޭފުޅަކު މެދުވެރިކޮށް، ބުކިން ހައްދާއިރު މީހުން އިތުރުކުރެވޭނެ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
"ބުކިން ހައްދަވާއިރު، ރަނގަޅު އައިޑީކާޑު ނަންބަރު ޖައްސަވާ. އައިޑީކާޑު ނަންބަރު ބޭނުންވާނެ. ރަޖިސްޓަރ ކުރައްވާ ބޭފުޅުންނާއި ދަތުރުދާން އިތުރުކުރައްވާ ބޭފުޅުންގެ ތަފްސީލު އަޅުގަނޑުމެންނަށް ލިބެންވާނެ. ތަފްސީލުތައް އެންޓަރކޮށްފައި ބުކިން ކޮންފޯމް ކުރެވޭނީ،" ނިއުޝާދު ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								