ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ދުރަށް ޖެހި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައިފިއެވެ.
މެންބަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ.
ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މުއިއްޒު ހުންނެވީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރެއްވި ރައީސް ނަޝީދުގެ ފަހަތްޕުޅުގައެވެ. މުއިއްޒު ވަނީ ނަޝީދަށް ކެމްޕެއިން ކުރައްވާފައެވެ.
https://twitter.com/muixxu/status/1622562788328747009?s=20&t=IEav2vlr760pnU00Q0xq3A
ނަޝީދާ ވާދަކުރައްވާ ތަފާތު ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ސައުވީސްހާހަށް ވުރެ ގިނަ ޥޯޓާ އެކު 61 ޕަސެންޓުން ރައީސް ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ. ނަޝީދަށް ޅިބިވަޑައިގެންނެވީ 39 ޕަސެންންޓް ވޯޓެވެ.
މެންބަރު މުއިއްޒަކީ ނަޝީދު ފެކްޝަނުގައި ހުންނެވި މެންބަރުންގެ ތެރެއިން، ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ފަހުން އެމަނިކުފާނަށް ތާއީދު ކުރެއްވި ފުރަތަމަ މެންބަރެވެ.
އެހެންނަމަވެސް ރިޔާސީ ޕްރައިމަރީ ގާތްވެފައި ވަނިކޮށް ނަޝީދު ފެކްޝަނުގައި މަސައްކަތް ކުރެއްވި ބައެއް އެހެން މެންބަރުން ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމެވިއެވެ. އޭގެތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ހަސަން (ހަސަންޓޭ) އަދި ވެލިދޫ ދާއިރާގެ މެންބަރު މޯޑު ވެސް ހިމެނިވަޑައިގަންނަވައެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ