ރައްޔިތުންގެ މަޖިލިސް މިއަހަށް ހުޅުވުމަށް ބޭއްވި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވި އިދިކޮޅު 5 މެމްބަރެއްގެ ނަން މަޖިލީހުގައި އިއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަން ފެއްޓެވުމާ އެކު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ރައީސް ވާހަކަފުޅަށް ހުރަސް އަޅަން މަސައްކަތް ކުރައްވާފައެވެ. އެގޮތުން މަޖިލިސް ކުރާ މާލަމުގެ އިދާރީ މޭޒާ ދިމާލުގައި ހުރި ގަސްމުށިތައް ނަގައި އުކާލައި، ރައީސް ވާހަކަފު ދައްކަވާ ޕޯޑިއަމް ކައިރިއަށް ވަޑާއިގެން، އަޑުގަދަ ކުރެއްވިއެވެ.
ޝިޔާމް އެގޮތަށް އަމަލު ކުރެއްވުމުން، އޭނާގެ ނަންއަށް ނަސޭހަތްތެރިވުމަށްފަހު، ތިން ފަހަރު އޭނާގެ ނަން މަޖިލީހުގައި އިއްވިއެވެ. އެއަށްފަހު މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެންގެވިއެވެ.
[caption id="attachment_47367" align="alignnone" width="1280"] ޖަލްސާ މެދުކަނޑުއްވާލެއްވުމަށްފަހު، ނައިފަރު ދާއިރާގެ މެމްބަރާ ޝިޔާމް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް[/caption]
ޝިޔާމާ އެކު، ރައީސް ވާހަކަފުޅު ދެއްކެވި ޕޯޑިއަމް ދޮށުގައި، އިދިކޮޅު އެހެން މެމްބަރުން ވެސް ހަރަކާތްތެރިވިއެވެ. އަދި އިހްތިޖާޖުކޮށް، ރައީސް ސާލިހުގެ އިސްތިއުފާއަށް މަޖިލީހުގެ ތަޅުމުގައި ގޮވިއެވެ. އެއާއެކު، މަޖިލީހުގެ ރިޔާސަތުން ރައީސް ސާލިހާ މަޝްވަރާ ކުރެއްވުމަށްފަހު ޖަލްސާ މެދުކަނޑުއްވާލެއްވިއެވެ.
ނަން އިއްވި މެމްބަރުން މަޖިލިސް ކުރާ މާލަމުން ނުކުންނަންދެން، މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވާލެއްވިއެވެ. ޖަލްސާ މެދުކަނޑުއްވާލައްވަމުން، އިދިކޮޅު މެމްބަރުންނަށް ނަސޭހަތް ދެއްވުމަށްފަހު، ފަސް މެމްބަރަކު މަޖިލިސް ތަޅުން ދޫކުރެއްވުމަށް ރިޔާސަތުން އެންގެވިއެވެ.
ނަން އިއްވާފައިވާ ފަސް މެމްބަރުނަކީ:
 	ނައިފަރު ދާޢިރާގެ މެމްބަރު
 	މާވަށު ދާއިރާގެ މެމްބަރު
 	މަހިބަދޫ ދާއިރާގެ މެމްބަރު
 	ފެލިދޫ ދާއިރާގެ މެމްބަރު
 	ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު
ރިޔާސަތުގެ އެންގެވުމާ ދެކޮޅަށް އިދިކޮޅު ބައެއް މެމްބަރުން ތަޅުން ދޫކުރައްވައި ވަޑައިނުގެންނެވުމުން، މަޖިލީހުގެ ސެކިއުރިޓީން މެދުވެރިކޮށް، އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުނެއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								