ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ޝަރުއީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޝަރުއީ ދާއިރާގެ "ގަޟާއީ އަހަރު 2023" އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަކީ، ސަރުކާރުގެ އިޖްތިމާއީ އަދާލަތުގެ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. ރައީސް ވަނީ އެ ވައުދު ފުއްދުމުގެ ގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 9 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން މިހާރު ކޮމެޓީ މަރުހަލާގައި އޮތް 3 ބިލު ފިޔަވައި އަނެއް 6 ބިލެއް ގާނޫނަކަށްވެ އަމަލުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއެކު ފަނޑިޔާރުންގެ މާލީ އިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލަ ފަދަ ބައެއް ޒަރޫރީ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފަނޑިޔާރުންނަށް ވަކި އަދަދަކަށް ފްލެޓް ކަނޑައެޅިގެންދިއުމާއި އެފަދަ މަޝްރޫއުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިން އެލަވަންސް ހަމަޖެހިގެން ދިއުންފަދަ ކަންކަން އޭގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވަރު ބަދަލުކުރުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ ބައެއް މަސައްކަތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
އޭގެ ތެރޭގައި ކޯޓުތަކުން މައްސަލަތައް ލަސްވުމުގެ ޝަކުވާއަށް ހައްލު ހޯދައިދިނުމުގެ ގޮތުން އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް، ރާއްޖޭގެ ހުރިހާ ކޯޓެއްގައިވެސް ގާއިމްކުރުމާއި ޝަރުއީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިޔަށްގެންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަދަނީ އިޖުރާއާތުގެ ގާނޫނަށް މިދިޔަ އަހަރު އަމަލުކުރަން ފަށާފައިވުމާއި 47 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު، ހެއްކާބެހޭ މުޅިން އައު ގާނޫނެއް އެކުލަވާލައި މިހާރު އަމަލުކުރަން ފަށާފައިވުން އެއީ ޝަރުއީ ދާއިރާއިން ހާސިލުކުރެވިފައިވާ މުހިންމު ކާމިޔާބީތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ، ޝަރުޢީ ދާއިރާގައި 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތްކުރެއްވި ފަރާތްތަކަށް އެބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								