ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވި ޖަލްސާއާ ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް13 ގެ ނޫސްވެރިޔަކަށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހުރަސް އެޅި މި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް13 ގެ ދެ ނޫސްވެރިޔަކަށް އަނިޔާވި ކަމަށް ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ މުޒާހަރާ އިން އަނިޔާވި އެއް ނޫސްވެރިޔަކަށް އައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށެވެ. އޭނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ހީނާ ވިދާޅުވިއެވެ. މިހާރު އޭނާ ވަނީ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ފުރައިފައެވެ.
އެކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައިވުމަކީ ފުލުހުންގެ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްޑްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
އިތުރަށް ބުނީ އެ ހާދިސާގައި ކަން ހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި