އއ. މަތިވެރިން ގެއްލިގެން ހޯދަމުން އަންނަ މީހާ ފެނޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ހުއްޓާ ނުލާ ކަމަށް ފުލުހުން ބުނެފިއެވެ.
މަތިވެރިން ގެއްލިގެން ހޯދަމުން އަންނަނީ ހަސަން އަލީ (ހަސަންފުޅު) ނަމަކަށް ކިޔާ މީހެކެވެ. އޭނާ ގެއްލިގެން އުޅޭކަން އިއުލާން ކުރީ އެރަށު ކައުންސިލުންނެވެ. އެއީ މިދިޔަ އަންގާރަ ދުވަހުއެވެ.
އުމުރުން 73 އަހަރުގެ ހަސަންފުޅު ގެއްލުނު ދުވަހުގެ މެންދުރުގެ ވަގުތާއި މަގްރިބު ނަމާދުން ފޭބި ވަގުތު ފެނުނު ކަމަށް ބުނާ ބައެއް މީހުން އެބަ ތިއްބެވެ.
ހަސަންފުޅު ހޯދުމުގެ މަސައްކަތުގެ ތެރެއިން އެރަށުގެ ފަޅުތެރެ ޑައިވް ކޮށްގެން އަންނަނީ ބަލަމުންނެވެ. އަދި އެރަށުގެ ހުރިހާ ގޭބިސީތަކާއި ފަޅު ގޯތިތައް އަންނަނީ ބަލަމުންނެވެ. އަދިވެސް އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ