އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމަންޓް (އީއައިއޭ) މަރުހަލާ ފުރިހަމަ ކުރުމަކާއި ނުލައި، އަދި ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާ ނުލައި މ. މަޑުފުށީ ރިސޯޓުގެ ގޮނޑުދޮއް ހިމާޔަތް ކޮށްފައިވާތީ އެ ރިސޯޓް ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މ. މަޑިފުށީ ގޮނޑުދޮއް ހިމާޔަތް ކުރުމާއި ބީޗު ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާތީ، އެ ރިސޯޓު ހިންގާ ކުންފުނި، މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެއީ ކުށް ކުރި ފުރަތަމަ ފަހަރު ކަމަށްވާތީ އެ ކުންފުނި ޖޫރިމަނާ ކުރީ 20،000 ރުފިޔާއަށް ކަމަށް އީޕީއޭއިން ބުންޏެވެ.
https://twitter.com/EPAMaldives/status/1622810895301902336?s=20&t=d90VPfDNV8LBl-ZrqcZixA
އެ ކުންފުނި ޖޫރިމަނާ ކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކަމާއި އެ ޖޫރިމަނާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން