ބަރުދަނުގައި 46 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސ ްއިން އަތުލައިގެންފައިވަނިކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އެ މަސްތުވާތަކެތި ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފިއެވެ.
މަޖިލީހުން އެ މައްސަލަ ބަލަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. އެ ކޮމެޓީން އެ މައްސަލަ މިއަދު ބަލަން ފެށީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު، އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީއާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމެޓީގައި ވަނީ މަޝްވަރާކޮށްފައެވެ.
"މިކަންކަން ތަހުގީގު ކުރައްވައި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން [އެންއައިސީ]ގެ އިހުމާލެއް އޮތްތޯ މިނިވަން މުއައްސަސާތަކުގެ ބައްލަވައި ކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމަށް ހުށަހަޅަމެވެ،" ނާޒިމް، މަޖިލީހުގެ ރައީސަށް ފޮއްނުވެވި ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ނާޒިމްގެ އެ ސިޓީ، މިއަދު ބޭއްވި ކޮމެޓީއަށް އިއްވުމަށްފަހު، ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެންއައިސީން އެ މައްސަލަ ބަލަމުންދޭތޯ އާއި އެކަމާ ގުޅޭ މައުލޫމާތު ކޮމެޓީއަށް ހިއްސާކުރުމަށް ސިޓީއަކުން ދަންނަވާނެ ކަމަށެވެ.
[caption id="attachment_47482" align="alignnone" width="1024"] ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުން: އެއާޕޯޓުން ޑްރަގު ގެއްލުނު ދެ މައްސަލައެއް ފެންމަތިވެފައިވޭ-- ހަތާވީސް ފޮޓޯ/ ހުސައިން ޙަސަން[/caption]
އެއާޕޯޓުން މަސްތުވާތަކެތި ގެއްލުނު ދެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއީ ޕާކިންސާތުން އައި މީހެއްގެ ލަގެޖުން އަތުލައިގަތް 30 ކިލޯގެ މަސްތުވާތަކެތި ގެއްލުނު މައްސަލައަކާއި 16 ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި މީހަކު، ހިފަހައްޓާފައި ވަނިކޮށް، އެ ތަކެއްޗާއެކު އެ މީހާ ގެއްލުނު މައްސަލައެވެ.
މި މައްސަލަ ފެންމަތި ކުރީ "މިހާރު" ނޫހުންނެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންނާއި ކަސްޓަމްސް އިން މީޑިއާއަށް މައުލޫމާތެއް ނުދެއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								