ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަރިކަ މުދާ ވިއްކައިގެން ވިޔަސް އެމަނިކުފާނު ގައުމަށްވެފައިވާ ހިޔާނާތުގެ ފައިސާ އަނބުރާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޒަރީރު ވިދާޅުވީ ރައީސް ޔާމީން ހަމައެކަނި ޖަލަށްލުމުން ނުނިމޭ ކަމަށެވެ.
"އެބޭފުޅާ [ޔާމީން] ގައުމަށްވީ ހިޔާނަތުން އެ ފައިސާ އެބަ ޖެހޭ ހޯދަން ބޭފުޅުންގެ ތަރިކާ މުދާ ވިއްކާފައިވެސް،" ޒަރީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަންތައް ނުކުރެވެނީ ޝަރުއީ ނިޒާމު ރަނގަޅަށް ފުރިހަމަވެފައި ނެތުމުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ގަޑުބަޑުވެފައި އޮތް ޝަރުއީ ނިޒާމު ހަމަ މަގަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
"މި ވެރިކަމުގައި ޝަރުއީ ނިޒާމަށް އަތްބާނާ ތަނެއް ނުފެނޭ. އަތް ބޭނިނަމަ ޔާމީންގެ ޝަރީއަތަކަށް އެތައް މަސްތަކެއް ނުދިޔައީސް،" މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޒަރީރު ވިދާޅުވިއެވެ.
ޕީޕީއެމަށް ފާޑުކިޔަމުން ޒަރީރު ވިދާޅުވީ ސިޔާސި ކަންތައްތަކުން ދިމާވާ ކަންތައްތަކުގެ ސަބަބުން ވެސް އިންސާނާ ބަލިމަޑުކަމުގެ ތެރެއަށްވެއްޓޭ ކަމަށެވެ. އަދި މިއަދު މި ގައުމަށް ޖެހިފައި އޮތް ނަފްސާނީ އެންމެ ބޮޑު ބަލިމަޑުކަމަކީ ސިޔާސީ ގޮތުން ޕީޕީއެމްގެ ލީޑާޝިޕްގެ މެމްބަރުންނަށް ނަފްސާނީ ގޮތުން ދިމާވެފައި ހުރި ބަލިމަޑުކަން ކަމަށެވެ.
"އަޅުގަނޑުމެންނަށް އިއްޔެ [ހޯމަ ދުވަހު] ފެނިގެން ދިޔަ މަޖިލީސް ހުޅުވާ ޖަލްސާގައި އެ ބޭފުޅުން އުޅުނު ގޮތް، އިންދާފައި ހުރި ގަސްތަކެއްގެ ތެރެއަށް ވަދެ އެ ގަސްތަކަށް ގެއްލުން ދިޔުން. ސިކުނޑީގައި މައްސަލައެއް ނޫޅޭނަމަ އެކަން ނުފެނޭ،" ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން ޔާމީން މިނިވަން ކުރުމުގެ ނަމުގައި އިންޑިއާ ދެކޮޅަށް ހިންގާ ހަރާކްތަތައް ކުށްވެރި ކޮށްފައެވެ. އަދި އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށް ވިދާޅުވިއެވެ.
"މައްސަލައަކީ ސިޔާސީ ހަރަކާތް ބަދަލުވަމުން އަވަށްޓެރި ގައުމުތަކާއި ހާރިޖީ ސިޔާސަތާ ޖެހި ގޮވާލާ ގޮވާލުން.. މިއީ ސިޔާސީ ހަރާކާތެއް ނޫން. މިއީ ސިޔާސީ ނަފްސާނީ ބަލިމަޑުކަން." ޒަރީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ