ރައީސް އޮފީސް ވެބްސައިޓު ޑައުންވެ، ދިމާވި މައްސަލައެއް ބަލަނީ
2024/01/06 23:50
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓާއި އަދިވެސް އެނޫން ސަރުކާރުގެ ބައެއް ވެބްސައިޓުތައް ޑައުންވެއްޖެއެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިރޭ "ހަތާވީސް" އަށް ވިދާޅުވީ ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވި މައްސަލަ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަކީ (އެންސީއައިޓީ) އާއި...