ޓިކްޓޮކްގައި އަންހެނަކަށް ވެގެން އުޅޭ ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މީގެ ކުރިން ވެސް ހަމަ މި މައްސަލާގައި މީނާ ހައްޔަރު ކުރިއެވެ. މުހައްމަދު ނަބީލް ނަމަކަށް މިޔާ މި ފިރިހެން މީހާ ހައްޔަރު ކުރި ސަބަބެއް ކަމަށް ފުލުހުން އިއްޔެ ބުނީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާ ކުރަމުންދާތީ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެމީހާގެ ބަންދާއި ގުޅޭ މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ނަބީލަކީ 2022ވަނަ އަހަރު ވީޑިއޯއެއްގައި ބަރަހަނާވި މައްސަލައެއްގައި އޭނާ އެއް އަހަރަށް ޖަލަށްލާން ހުކުމްވެސް ކުރި މީހެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ