މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 10 މުވައްޒަފަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުސަތު އެކުންފުނިން ދީފިއެވެ.
އެމްއޭސީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޑަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.
އެމްޑީ ޝަރީފު އެ ރަސްމިއްޔާތުގައި ވިދާޅުވީ އެ ފުރުސަތު ދިނުމުގައި އެންމެ އިސްކަމެއް ދިނީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފުންނަށް ކަމަށެވެ.
ކޯޓާ ހަމަޖެހުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް އިސްލާމިކް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އިތުރު ފައިސާ ދައްކާ ކޯޓާ ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރަކީ އިސްލާމްދީނުގެ އަސާސްތަކާއި މިކަންކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ސަރުކާރެއް. އޭގެ ހެއްކެއް ކައްނޭގެ ރަމަޟާންމަހުގެ ފަހު ދިހައެއް ބަންދުވެގެން ދިޔުމަކީ. އަޅުގަނޑުމެންގެ އެއަރޕޯޓަކީ އަދި ގުޅިފައިވާ ޙިދުމަތަކީ އަހަރެއްގެ 10 ދުވަހު ހުއްޓާނުލެވޭނެ ކަމަށްވިއަސް އެކަމުގެ ފަސޭހަ އަޅުގަނޑުމެންގެ ގިނަ މުވައްޒަފުންނަަށް ވަނީ ވެފައި." ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ކުންފުނީގެ މުވައްޒަފުންނަަށް ދޭން ފެނީ 1998 ވަނަ އަހަރުއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ