ކާޑުގެ އަގު ކޮންޓްރޯލް ކުރާ އުސޫލުން، މައްސަރު ދުވަސްވަރު ބޭނުންކުރާ ޕެޑްގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް، އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި މިވަނީ، ޕެޑްގެ އަގު ބޮޑުވުމުގެ ކަންބޮޑުވުމުގެ ޝަކުވާ ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި ފާޅުކޮށްފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިން ދައުރު އަދާކުރެއްވި ރޮޒައިނާ، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕެޑަކީ އަންހެނުންނަށް ބޭނުންކުރުމުގައި އިޚްތިޔާރެއް އޮންނަ އެއްޗެއް ނޫން ކަމަށާއި، ކޮންމެ އަގެއްގައި ވިއްކިޔަސް ގަންނަން ޖެހޭ އެއްޗެއް ކަމަށެވެ. އެހެންކަމުން، ޕެޑްގެ އަގު އަތްނުފޯރާ ހިސާބަށް ދާން ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރޮޒައިނާ ވިދާޅުވީ، ހުރިހާ ބްރޭންޑެއްގެ އަގު އެއްގޮތް ނުވާނެ ކަމަށާއި، ނަމަވެސް އެންމެންނަށް ވެސް ގަނެވޭ ފެންވަރުގެ ކޮންމެ ވެސް އެއްވައްތަރެއް ހުންނަން ޖެހޭނެ ކަމަށެވެ. މިއީ ކާޑު ފަދަ އަސާސީ ބޭނުންތަކުގެ އަގު ކޮންޓްރޯލް ކުރާ އުސޫލުން ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކުރެއްވި ގޮވާލުމެކެވެ.
މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ، މާފަންނު ރައްޔިތުންނާ އެކު ރައީސް މުހައްމަދު މުއިއްޒު ރޭ ބޭއްވި ބައްދަލުވުމުގައި ޕެޑްގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާތީ އެކަމުގެ ޝަކުވާ އަންހެނަކު ކުރެއްވުމާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި މާފަންނު އަންހެނަކު ވިދާޅުވީ، 7 ޕެޑު އިންނަ އެއްޗެއް ވެސް ލިބެނީ 80 ރުފިޔާއަށް ކަމަށެވެ.
އަދި ވިދާޅުވީ، "ވަރަށް އާދައިގެ ޕެޑުވެސް ހުރޭ. އެކަމަކު އެއީ ކޮންމެ އަންހެނަކަށް ބޭނުން ކުރެވޭކަހަލަ އެއްޗެއްސެއް ނޫން. އަޅުގަނޑުމެން އަރާމުކޮށް ނިދާލަން ވެސް ބޭނުން. ކިޔަވާ ކުދިންނާއި އޮފީހަށް ދާ ބޭފުޅުން ވެސް،"
އަސާސީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ޕެޑްގެ އަގު ބޮޑުވުމަކީ އާންމު ރައްޔިތުންނަށް، ޚާއްސަކޮށް އާމްދަނީ ކުޑަ އާއިލާތަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި
އެހެންވެއްޖެއްޔާ ޕެޑު ޖަހަން ނުޖެހޭ ޢިއްދައިން ކެނޑިފައި ތިބޭ އަންހެނުންނަށް ޕެޑްފުރީ އެލަވަންސެއްވެސް ދޭންޖެހޭ.
އޮށްޓައްޕު