ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހިއްސާ އަކަށް އަވަށްޓެރި އިންޑިއާވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެދިވަޑައިގެންފިއެވެ.
ރާއްޖެ އަށް މިދިޔަ މަހުގެ ނިޔަލަށް 772،651 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 688،285 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއްވަނަ މާކެޓުގެ ގޮތުގައި އޮތީ އިންޑިއާއެވެ. ނަމަވެސް މިހާރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތީ ޗައިނާއެވެ. އަދި އިންޑިއާ އޮތީ މި ލިސްޓުގެ ހަވަނައިގައެވެ.
އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިޔައީ މި ސަރުކާރަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސް ބުނި މައްސަލާގައި ރާއްޖެ ބޮއިކޮޓު ކުރުމަށް އެގައުމުގެ ބައެއް ރައްޔިތުން ގޮވާލަން ފެށުމުންނެވެ.
އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެ ތެރެއިން އިންޑިއާގެ ޕްރެސް ޓްރަސްޓު އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައިސަލް ވަނީ އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދެވުމަށް އިލްތިމާސް ކުރައްވަވާފައެވެ.
"އަޅުގަނޑުމެންގެ ސަރުކާރުންވެސް ބޭނުންވަނީ [އިންޑިއާއާއެކު] މަސައްކަތް ކުރަން. އަޅުގަނޑުމެން އަބަދުވެސް ޕްރޮމޯޓް ކުރަނީ ސުލްހަމަސަލަސްކަމާއި އެކުވެރި މާހައުލެއް. އަޅުގަނޑުމެންގެ ރައްޔިތުންނާއި ސަރުކާރުން އިންޑިޔާގެ ފަތުރުވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާނެ،" މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އެފަދައިން ވިދާޅުވިއިރު ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެއަށް ހަތަރު އެވޯޑެއް ވަނީ ލިބިފައެވެ.
ދުބާއީގައި ކުރިއަށް ދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ މި އެވޯޑް ހަފްލާގައި ރާއްޖެއަށް ލިބިފައިވަނީ އިންޑިއަން އޯޝަން ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ