ސަރުކާރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އިސްލާމިކްމިނިސްޓްރީން ހާސިލުކުރި ކާމިޔާބީތައް ފާހަގަކޮށް، ރާއްޖެ އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ޝަހީމް ވިދާޅުވީ ވޭތުވެދިޔަ ފަސް މަހުގެ ތެރޭގައި 100 އެއްހާ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް ހިންގިއްޖެ ކަމަށާއި ހުކުރު ކުރުމަށް 100 އެއްހާ ޚަތީބުންނަށް ހުއްދަ ދީފައިވާނެ ކަމަށާއި އެ މިނިސްޓްރީގެ އެހީގައި 40 މީހުންނަށް ރާއްޖެއިން ބޭރުން ތަމްރީނުދީފައިވާ ކަމަށެވެ.
"ރާއްޖޭގެ ކޮން ސަރުކާރަކުންތޯ ތިން ހަތަރު މަސް ދުވަހުގެ ތެރޭގައި މިހުރިހާ ކަންތައް ކުރެވުނީ. އަޅުގަނޑުމެން ފަހުރުވެރިވަނީކީއެއް ނޫން މިކަމަށްޓަކާ. އެކަމަކު އަޅުގަނޑުމެން ދަންނަވާލަނީ މިކަންކަން މި ކުރެވެނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި ސަޕޯޓެއް މި ވުޒާރާއަށް ދީފައި އޮތުމުގެ ސަބަބުން،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
"ރާއްޖެ މި އޮތީ ރަނގަޅު މިސްރާބެއްގައިކަން ބުނަން އަޅުގަނޑު ބޭނުންވަނީ. މި މިސްރާބު އިރާދަކުރެއްވިއްޔާ ބަދަލެއް ނުވާނެ،"
ކުރިއަށް އޮތް ދުވަސްތަކުގައި މިސްރާއި މެލޭޝިއާ އާއި އިންޑޮނޭޝިއާ އާއި ބުރުނާއީގެ އިތުރުން ސައުދީއިން ތަމްރީނު ހޯދުމުގެ ފުރުސަތު އިމާމުންނަށް ފަހިކޮށްދެއްވާނެ ކަމަށާއި އިމާމުން މި ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
"ކުރިއެރުން މި ލިބެނީ ހަމައެކަނި ކޯހެއް ހަދައިގެނެއް ނޫން. އިލްމުވެރިންނަށް ބާއްދަލުކޮށް. ނަސޭހަތް އަޑުއަހައި، އިތުރު އިލްމު ހޯދައި މިގޮތުން ވެސް މީހާގެ ޝަހުސިއްޔަތު ބިނާކުރެވިގެން،" އިމާމުންނަށް އިލްތިމާސްކޮށް މިނިސްޓަރު ވިދާޅުވިއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު