ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ހުރި ގިނަ އަދަދެއްގެ ސިނގަރޭޓު ކާޓުންތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
"ހަތާވީސް" އަށް ކަށަވަރުވެފައިވާ ގޮތުގައި، ގެއްލިފައި ވަނީ މެންޗެސްޓާ ބްރޭންޑުގެ 31 ކާޓުން ސިނގަރޭޓުގެ ތެރެއިން ބައެކެވެ.
މި ސިނގަރޭޓުތަކަކީ ތިލަފުށިން ފުލުހުން ހޯދާފައިވާ ސިނގަރޭޓުތަކެކެވެ. މިތަކެތި ބަހައްޓާފައި ހުރީ ވިލިމާލެ ޕޮލިހުގެ ބެލުމުގެ ދަށުގައެވެ.
މިކަމާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ވެސް ނުވަތަ ނުކުރާ ކަމެއް ވެސް އަދި ނޭނގެއެވެ. ފުލުހުންނާއި ސުވާލު ކުރުމުން ޖަވާބެއް ނުދެއެވެ.
ފޮށިގަނޑެއްގެ ތެރޭގައި ހުރި އެ ސިނގަރޭޓުތައް ގެއްލުނުކަން އެނގުނީ އެ ފޮށިގަނޑު ހުޅުވާފައި ހުރުމުން ފޮށިގަނޑު ބަލާ ފާސްކުރުމުންނެވެ. ފޮށިގަނޑު ބަހައްޓާފައި ހުރި ތަނަކީ ވިލިމާލެ ޕޮލިސްގެ ދެވަނަ ފަންގިފިލާގައެވެ. އެނގިފައިވާ ގޮތުގައި އެތަނަކީ އެއްވެސް ކެމެރާއެއް ހުންނަ ތަނެއް ނޫނެވެ.
ވިލިމާލެ ޕޮލިސްގެ އިންޗާގުގެ މަގާމުގައި ހުރީ މ. އަތޮޅު ޕޮލިސްގައި ހުރި ޓީވީއެއް ވަގަށް ނެގިކަން ސާބިތުވެފައިވާ ޒިޔާދު އަލީއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ