ހަތަރު ވަނަ އޭޓީއާރް މަތިންދާބޯޓު މޯލްޑިވިއަން މިއަދު ރާއްޖެ ގެނެސްފިއެވެ. އެ ބޯޓާ އެކު މޯލްޑިވިއަންގެ ފްލައިޓުތަކުގެ އަދަދު 25އަށް އިތުރުވެގެންދާނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިއަދު ހަވީރު ޖެއްސި އޭޓީއާރް ބޯޓަކީ 600-42 މަރުކާރުގެ މަތިންދާބޯޓެކެވެ. މިއީ އެއްފަހަރާ 42 މީހުންނަށް ދަތުރުކުރެވޭ ބޯޓެކެވެ. މިއީ އެތެރޭގެ އުދުހުންތަކުގައި ކުރު ދަތުރުތައް ކުރުމަށް ފަރުމާކުރެވިފައިވާ ކޯޓެކެވެ.
މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އަލަށް ގެނައި ބޯޓަށް މަރުހަބާ ކިއުމަށް ވޯޓާ ސެލިއުޓެއް ވީއައިއޭއިން ވަނީ ދީފައެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އޭޓީއާރް އައު ފްލައިޓުން ތަފާތު ހިންހަމަޖެހުމެއް ފަސިންޖަރުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބޯޓުގެ އެތެރޭގެ ފިނިހޫނުމިން ރަނގަޅަށް ކޮންޓްރޯލްކުރެވިފައިވާ ނިޒާމެއް ގާއިމުކުރެވިފައިވާނެ ކަމަށާއި އަޑުތައް އިވޭ މިންވަރު ދަށްކުރެވޭނެ ކަމަށެވެ.
"މީގެ އިތުރުން ޒަމާނީ އެވިއޮނިކްސް އާއި ޚާއްސަ ފިއުލް އިކޮނޮމީއަކީ އަޅުގަނޑުމެންގެ ފުޅާވަމުން އަންނަ ނެޓްވޯކްގެ ޕާފޯމަންސް ރަނގަޅުކުރެވި ދެމެހެއްޓުމަށްކުރާ މަސައްކަތަށް ލިބޭ އެންމެ ބޮޑު އިތްހަމަޖެހުން،" އިޔާސް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާ ބޯޓު އޮޕަރޭޓުކުރެއެވެ. މީގެ ތެރޭގައި އެއާބަސް A320 މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓަކާއި ޑޭޝް 8 މަރުކާގެ ނުވަ މަތިންދާބޯޓަކާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާ ބޯޓު ހިމެނެއެވެ.
"އަލަށް ގެންނަމުންދާ އައު އޭޓީއާރު މަރުކާގެ މަތިންދާބޯޓުތަކަކީ ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތައް އެކި މަރުހަލާތަކަށް ބަހާލައިގެން ބަދަލުކުރުމަށް ކުރެވޭ މަސައްކަތަކަށްވެފައި، މިއީ މޯލްޑިވިއަންގެ ފްލީޓް ޒަމާނީކުރުމަށްޓަކާ އެޅޭ އިތުރު ފިޔަވަޅެކެވެ،" މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ކިތައްމެ ބޯޓެއްގެނަޔަސް ދިވެހިންނަކަށްއޭގެއުފަލެއްނެތް އޭޝިޔާގައިޓިކެޓުޢެއްމެއަގުބޮޑީ މޯލްޑިވިއަންގައި
އިއްބެ